ސިފައިންނާއި ފުލުހުންގެ އެލާޓު ލެވަލް މަތިކޮށްފި

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ހަރަކާތެއްގެ ތެރެއިން: ފޮޓޯ / ސަން

މާލެއިން މިއަދު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި ސިފައިންގެ އެލާޓު ލެވަލް މަތިކޮށްފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިން މިހާރު ވަނީ ބްލޫ ވަން އަށް އެލާޓް ގެނެސްފައި ކަމަށާއި މިއީ ކާރިސާތަކާއި ގުޅިގެން ނެރޭ އެލާޓެއް ކަމަށެވެ. މި އެލާޓް ލެވެލް ނެރުމުން ހުރިހާ ސިފައިން ވެސް މި އޮޕަރޭޝަނުގައި ބައިވެރިވާނެ ކަމަށާއި އަދި ސިފައިންގެ ބައިވެރިވުން ވެސް ކުރިއަށް ވުރެ ބޮޑަށް އިތުރުވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ހާލަތާއި ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ދޭއް ނުވަތަ އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ހާލަތުގައި އެ އިރެއްގައި ހިނގާ އޮޕަރޭޝަނެއްގައި ބައިވެރިވާން ފުލުހުން ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ކޮވިޑްގެ ކަންކަމުގައި ފްރަންޓްލައިންގައި އުޅޭ ފުލުހުން ގެއަށް ނުގޮސް އެހެން ތަންތަނުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *