ލޮކްޑައުން އާއި ގުޅިގެން އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި

މޯލްޑިވިއަންގެ ބޯޓެއް --

މާލެ އިން މިއަދު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެއިން ފެނުމާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކުރުމާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ ކޮރޯނާ އާއި ގުޅިގެން މާލެސިޓީ ލޮކްޑައުންކޮށްފައިވާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން އެތެރޭގެ އުދުހުންތައް މިވަގުތައް މެދުކަނޑާލާފައިވާ ކަމަށެވެ. މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އިން ބުނީ ލޮކްޑައުން ހާލަތާ ގުޅިގެން އެ އެއާލައިނުން ކުރަން ނިންމާފައިވާ ޗާޓަރު ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ އެ އެންގުން ނެރޭ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވަގުތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މުޅިން މަނާ ކަމެކެވެ.

މީގެއިތުރުން މާލެ ހުޅުމާލެ އަދި ވިލިމާލެ ޕަބްލިކް ޓްރާންސްޕޯޓުވެސް ހުއްޓާލުމަށް އެ އަންގާފައިވާއިރު މާލެއާ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ގުޅީފަޅަށް މީހުން އަރާ ފޭބުމަކީ ވެސް މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ފުލުހުންނާއި ސިފައިންނާއި ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި އެމްބިއުލާންސާއި ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެ ފާސް ލިބިފައިވާ މީޑިއާގެ ފަރާތްތަކަށް އެ ހާލަތު އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެ އެންގުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.