ގައުމާއި މުހާތަބު ކުރައްވަނިކޮށް ރައީސް ފެންކަޅިވެއްޖެ

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ހިތާބު ދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

މިއަދު މާލެއިން ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރަވަނިކޮށް ފެންކަޅިވެއްޖެއެވެ.

ރައީސް ގައުމާއި މުހާތަބު ކުރައްވާ ދިވެހިރާއްޖޭގަ ކޮވިޑް19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު މި އޮތީ ތައްޔާރަށް ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުން އަންނަނީ މިފަދަ ޙާލަތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އެކުގައި މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ އެކަމުން އަރައިގަނެވޭނެ ކަމަށް ވެސް ރައީސް ގައުމާއި މުހާތަބު ކުރައްވާ ވަނީ ވިދާޅުވެފައެވެ.

ގައުމާއި މުހާތަބު ކުރައްވަނިކޮށް ރައީސް އެންމެ ބޮޑަށް ފެންކަޅިވީ އެމަނިކުފާނު ރައްޔިތުން މިކަމުގައި ކޮށްދެއްވަންވި ކަންކަމުގެ ވާހަކަތައް ހިއްސާ ކުރަވަނިކޮށެވެ. އެގޮތުން ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢަމަލާތް ކުރުމަށާއި އަދި ކެތްތެރިކަން އިސްކުރައްވައި އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.

“މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

މިއީ ރައީސް ސޯލިހު ކީރިތި ކުރެއްވި ދެވަނަ ފަހަރެވެ. މީގެކުރިން އެމަނިކުފާނު ކީރިތި ކުރައްވާފައި ވަނީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ ހަނދުމަ އާކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބޭއްވި ނޫސްވެރިންގެ އެވޯޑު ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

1
5
7

 

ހިޔާލު ދެއްވާ!

Your email address will not be published.