ކޮވިޑް19: ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މިއަދު އަސްރު ނަމާދަށްފަހު، ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.

ކޮވިޑް19ގެ ހާލަތާ ގުޅިގެން މީގެ ކުރިން ރައީސް ވަނީ ދެ ފަހަރެއްގެ މަތިން ގައުމާ މުހާތަބު ކުރައްވާފައެވެ. އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަހު، މާޗް 12 ވަނަ ދުވަހާއި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މާޗް 25 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. އެހެންކަމުން މިއީ މި ކާރިސާއާ ގުޅިގެން ރައީސް ގައުމާ މުހާތަބު ކުރައްވާ ތިން ވަނަ ފަހަރެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަނީ މާލެއިން މީހަކު ކޮވިޑް19އަށް މީހަކު ޕޮޒިޓިވްވެފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *