މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައިވާ މިލިއަނަކަށްވުރެ ފައިސާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ފުލުހުން މީހަކު ހައްޔަރުކޮށްފައި/ ފޮޓޯ- ޕޮލިސް

ކޭއެސްސީ އޯވަސީސް އެމްއެލްޑީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައި ހުރި ފައިސާތައް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފައިސާތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. Muvމިކަން ހިނގާފައިވަނީ ރިސޯޓެއްގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދޭންވެގެން ކުންފުނީގެ ފަރާތުން ފައިސާ ބަލާ މާލެ އައިސް ހުރި މީހާ ފައިސާ އާއި ހަވާލުވެ މި ފައިސާ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންދެން ގެސްޓު ހައުސްއެއްގައި މަޑުކޮށްގެން ހުއްޓާ ކަމަށެވެ.

އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 1.9 މިލިއަން ރުފިޔާ އާއި 25 ހާހަށްވުރެ އަގުހުރި ޑާޓާ ކާޑް އަދި ރައުޓަރުގެ އިތުރުން 11 ހާހުގެ އަގުހުރި ފަސް މޯބައިލް ފޯނާއި 29500 ރުފިޔާގެ އަގުހުރި ރިޗާޖްކާޑުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

އަދި ފުލުހުން ކުރި މަސައްކަތުން މި މަހުގެ 12 ވަނަ ދުވަހު އޭގެ ތެރެއިން 1.5 މިލިޔަން ރުފިޔާއާއި އިތުރު ތަކެތި ހޯދާފައިވާކަމަށާއި ހަމަ އެދުވަހު އުމުރުން 27 އަހަރުގެ، ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *