އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ.
މި މަގާމަކީ އދގެ އާއްމު މަޖިލިސް ނުވަތަ އދގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހު ދެން އަންނަ ދައުރަކުއެވެ. ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހަައްމަދު ވިދާޅުވީ “ހަތާވީސް އޮންލައިން” އަށް މިރޭ ވިދާޅުވީ ރާއްޖެއިން އޮތީ ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. ރާއްޖޭގެ ފަރާތުން އަދި ވަކި ކެންޑިޑޭޓޭއް ފައިނަލް އެއް ނުކުރާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ކެންޑިޑޭޓަކު ނެރޭއިރު އިންޓަނޭޝަނަލް ޕާޓްނަރުންގެ ވޯޓު ލިބޭނެކަމުގެ ޔަގީންކަން އޮންނަ ކެންޑިޑޭޓަކު ނެރެން އިސްކަންދޭނެ ކަމަށެވެ. މިކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން ބައިނަލްއަގުވާމީ ދުނިޔެއާ ގުޅި ރާއްޖެއަކީ ވެސް ބަސް ވިކޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ރައީށް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މި މަގާމަށް ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށް، އެކުވެރި ގައުމުތަކުގެ ތާއީދު ހޯދަމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.