އައްޑޫ އިކުއެޓޯރިއަލް ހޮސްލިޓަލުގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަނެއް ކޮށްފި

މައިބަދައިގެ އޮޕަރޭޝަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކުރަނީ: ފޮޓޯ / އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވަނީ އުމުރުން 64 އަހަރުގެ އަންހެނަކާއި، 68 އަހަރުގެ ފިރިހެނެއްގެއެވެ. މި އޮޕަރޭޝަންތައް ކުރުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ބައިވެރިވިއެވެ. މީގެތެރޭގައި ކަށީގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން ވެސް ހިމެނެއެވެ.

މާލެ ސިޓީ ބޭރުން ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކުގައި މައިބަދައިގެ އޮޕަރޭޝަން ކޮށްފައިވާއިރު ދާދިފަހުން ވަނީ އުނަގަނޑުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. ޑރ. މުންޝިދު އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންކުރީ އުމުރުން 82 އަހަރުގެ މީހެއްގެއެވެ. އޮޕަރޭޝަން ކުރުމަށް ހުރިހާ ސާމާނެއް ފޯރު ކޮށްދީފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުންނެވެ.

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލު ހިދުމަތް ފުރަތަމަ ފޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. އޭއީއެޗް އަކީ މާލެ ސަރަހައްދުން ބޭރުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ސަރުކާރު ހޮސްޕިޓަލެއްގައި ދޭން ފެށި ފުރަތަމަ ހޮސްޕިޓަލުވެސް މެއެވެ.

ދެހާސް ބާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެލިއާ އާއި ހަވާލުކޮށްގެން 171 މިލިއަން ރުފިޔާއަށް އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް ތަނަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތް އެ ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *