އެޕޯލޯ އޮފީހުގެ ތިޖޫރި ފަޅާލައި 1.7 މިލިއަން ރުފިޔާ ވަގަށް ނަގައިފި

ޖުމްހޫރީމައިދާން ސަރަހައްދު --

އެޕޯލޯ ހޯލްޑިންސްގެ އޮފީހުގައި ހުރި ތިޖޫރިއެއް ފަޅާލައި 1.7 މިލިއަން ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން މިރޭ ބުނީ މި ވައްކަމުގައި އެ އޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން 1.7 މިލިއަން ރުފިޔާ އާއި 2200 ޑޮލަރު ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.