އެރިޔަދޫ ގައި ތިބި އެންމެން ދޫކުރުން ފަސްކޮށްފި

Eriyadu Aerial

ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު އެރިޔަދޫގައި ކަރަންޓީން ކޮށްފައި ހުއްޓާ، ކޮވިޑް19 އަށް ޕޮޒިޓިވްވި މައްސަލާގައި އެރަށުގައި ކަރަންޓީނު ކޮށްފައި ބެހެއްޓި އެންމެން ކަރަންޓީނުން ދޫކުރުމަށް ފަސްކޮށްފިއެވެ.

އެ ފެސިލިޓީން ޕޮޒިޓިވްވި ދިވެއްސަކީ ފިލިޕީންސުން ރާއްޖެ އައި މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެރިޔަދޫއިން ދޫކޮށްލަން ނިންމާފައި ތިބި އެންމެންގެ ކަރަންޓީގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އިތުރު ފިޔަވަޅުތައް އެޅުމާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ކަރަންޓީންގައި ތިބިއިރު އެކަކު އަނެކަކާ ބައްދަލުވެ، ދީފައިވާ އިރުޝާދުތަކާއި ހިލާފުވެފައިވޭތޯ ބަލަން ބޭނުންވާ ކަމަށާއި ޓެގްއިން އިތުރު އިންވެސްޓިގޭޝަނެއް އެކަމާ ގުޅޭގޮތުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި އެރިޔަދޫގައި ތިބި އިތުރު ބައެއްގެ ގައިން ކޮންމެވެސް ވަރަކަށް ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ކަމަށާއި، އަދި ކޮންމެހެން ބަލަންޖެހޭ ކަމަށް ފެންނާތީ 17 މީހެއްގެ ސާމްޕަލް މިހާރު ނެގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.