ޖަޕާނުގެ ފިހާރަތަކުގައި ސޯޝަލް ޑިސްޓޭންސް ބޭނުން ކުރުމަށް ސެލޯފިން ގަނޑެއް!

ޖަޕާނުގެ ފިހާރައެއްގެ ތެރޭގައި ކަސްޓަމަރާއި ކޭޝިއަރާއި ދެމެދު ސެލޯފިންގަނޑެއް -- ފޮޓޯ / ރޮއިޓާސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުން ސަލާމަތްވުމަށް އެކަކު އަނެކަކުގެ ދެމެދުގައި ސޯޝަލް ޑިސްޓޭންސް ބެހެއްޓުމަށް އަންގާފައިވާތީ ޖަޕާނުގެ ފިހާރަތަކުގައި ސެލޯފިންގަނޑެއް ބޭނުން ކުރަން ފަށައިފިއެވެ.

އެ ސެލޯފިންގަނޑު އޮންނަނީ ފިހާރަތަކުގެ ސީލިންގުން ފެށިގެން ކޭޝިއަރުގެ މޫނާއި ހަމައަށް މަތިން ވައްޓާލައިފައެވެ. ޖަޕާނުން ވަނީ ކޮވިޑް19 އާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ވިޔަފާރި ކުރާ ފިހާރަތައް ބަންދުކޮށްފައިވީ ނަމަވެސް ޒަރޫރީ ބައެއް ތަކެތި ވިއްކާ ބައެއް ފިހާރަތައް މި ދަނޑިވަޅުގައިވެސް ހުޅުވާފައި ބަހައްޓައެވެ.

ޖަޕާނުގެ ފިހާރައަކުން ވިޔަފާރިކުރި 53 އަހަރުގެ މީހެއް ބުނީ ފިހާރަތަކުގައި އެގޮތަށް ސެލޯފިން ގަނޑެއް ވައްޓާލާފައި ބޭއްވުމުން އަމިއްލަ މީހާއަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް19 ވައިރަސް އަށް 7،411 މީހަކު ޖަޕާނުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 138 މީހަކު ވަނީ އެގައުމުން މި ބަލި ޖެހިގެން މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *