ކިލޯއެއްގެ ކެނެބިސް އެތެރެކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ފުލުހުން މީގެކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތިތަކެއް --

ރާއްޖެއަށް އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ އެ މީހާގެ މައްޗަށް ދައުވާކުރީ 2017ވަނަ އަހަރުގެ ޖޫން މަހުގެ 12ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޗައިނާ އީސްޓާންސްގެ ފްލައިޓަކުން ރާއްޖެ އައިއިރު އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާތީއެވެ. ކަސްޓަމްސް އިން ފާސް ކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނެވެ. އެގޮތުން އޭނާގެ ލަގެޖުގައި ޕްލާސްޓިކް ފުޅިއެއްގައި 812.6 ގްރާމު ކެނަބިސް ހުއްޓެވެ. އަދި އިތުރު ދަޅެއްގައި 198.1 ގްރާމުގެ ކެނަބިސް ހުއްޓެވެ. އެމީހާގެ އަތުން މުޅި ޖުމްލަ 1010.7 ގްރާމުގެ ކެނަބިސް ފެނުނު ކަމަށް ދައުވާގައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަސްއޫލިއްޔަތާއި މިވަގުތު ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ކުރެއްވި އިއްޔެ ކުރެއްވި ހުކުމްގައި ވަނީ މަސްތުވާތަކެތި އެތެރެކުރި ލަންކާ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އޭނާ ކުރި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ހުކުމްކުރިއެވެ. އަދި އެ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.