ފަސް ސަރަހައްދެއްގައި ކޮވިޑް19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސަނީ

ކޮވިޑް19 އަށް ޓެސްޓު ކުރަނީ ---

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީް ވިދާޅުވީ ކޮވިޑް19 އަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ފަސް ސަރަހައްދެއް ކަނޑައެޅި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ފަސް ސަރަހައްދާއި، އެތަންތަނުގައި ހަމަޖައްސާ އިންތިޒާމްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް:

* ށ. އަތޮޅު ހޮސްޕިޓަލް : 20 އައި.ސީ.ޔޫ އަދި 37 އައިސޮލޭޝާން އެނދު

* ބ. އަތޮޅު ހޮސްޕިޓަލް : 20 އައި.ސީ.ޔޫ އަދި 37 އައިސޮލޭޝަން އެނދު

* ލ. ގަން ރީޖަނަލް ހޮސްޕިޓަލް : 20 އައި.ސީ.ޔޫ އަދި 23 އައިސޮލޭޝަން އެނދު

* ގއ. އަތޮޅު ހޮސްޕިޓަލް : 23 އައި.ސީ.ޔޫ އަދި 12 އައިސޮލޭޝަން އެނދު

* ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް : 23 އައި.ސީ.ޔޫ އަދި 22 އައިސޮލޭޝަން އެނދު

މަބްރޫކް ވިދާޅުވީ، މި 5 ސަރަޙައްދުގައިވެސް އައިސީޔޫތަކާއި، އައިސޮލޭޝަން އެނދުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަންތަނުން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮވިޑް19 އަށް މިހާރު ޓެސްޓު ކުރެވެމުން ދަނީ އައިޖީއެމްއެޗް އިންނެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20އަށް އަރާފައެވެ. މިހާތަނަށް މިބަލިން 14 މީހަކުވަނީ ރާއްޖޭގައި ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.