އޮންލައިން މަޖިލިސް ހުއްޓާލައި މަޖިލިސް ކުރާ ގޭގައި ޖަލްސާ ބާއްވަން ތައްޔާރުވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ކޮވިޑް19 އާ ގުޅިގެން މިހާރު ކުރިޔަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އޮންލައިން ޖަލްސާތައް ހުއްޓާލުމަށްފަހު އަންނަ ހަފްތާގައި މަޖިލިސް ކުރާ ގޭގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށް މަޖިލިސް ކުރާ ގޭގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުން މެދުކަނޑާލުމަށްފަހު އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ ނޯންނާނެއެވެ.

މާދަމާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ. ނަމަވެސް މަޖިލިސް އިދާރާއިން ބުނީ މާދަމާ ވެސް އަދި މި ހަފްތާގައިވެސް މަޖިލިސް ޖަލްސާތައް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މަޖިލިސް ކުރާ ގޭގައި މެންބަރުން ތިބެގެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ނިންމައި އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާފައިވާއިރު މަޖިލީހުގެ ކޮމެޓީތައް ވެސް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *