ކޮއްދިއްޕަރު މޮނީޓަރިންގެ ހާލަތަށް ގެނެސް، މުވައްޒަފަކު ޓްރީޓޮޕްގައި އެޑްމިޓްކޮށްފި

ކޮއްދިއްޕަރު ރިސޯޓު --

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ފެނުނު މީހަކު ހާލުބޮޑުވުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރާ ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ މީގެކުރިން ކޮވިޑް19 އަށް ޓެސްޓެއް ހަދާފައިވާ މީހެއް ކަމަށެވެ. އަދި އެފަހަރު އެމީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ޑޮކްޓަރުން އިތުރަށް އެމީހާ ގާތުން ބެލުމަށްޓަކައި އެޑްމިޓް ކުރީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮއްދިއްޕަރު ރިސޯޓުގެ އިތުރުން މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ ޖޮވެލި މޯލްޑިވްސް ރިސޯޓާއި، ބޮޑުފުށި ރިސޯޓުގެ އިތުރުން މޯލްޑިވިއާނާ ސަފާރީއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 20 މީހަކު ޕޮޒިޓިވްވިއިރު ރާއްޖެއިން މިބަލިން 14 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެތެރެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކު ވެސް ހިމެނެއެވެ. އޭނާ އަކީ އިނގިރޭސިވިލާތުން އައި ރާއްޖެ އައި މީހެކެވެ. މިހާރު މި ބައްޔަށް ފަރުވާ ދެމުން އަނީ ހަތަރު ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.