ކުރިއަށް އޮތް ތިން މަސްތެރޭ އޭޝިއާ އިން އެންމެ ފުރަތަމަ ކޮވިޑް ފްރީ އެއް ގައުމަކަށް ރާއްޖެ ވާނެ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކުރިއަށް އޮތް ތިން މަސްތެރޭގައި މި އޭޝިއާ އިން އެންމެ ފުރަތަމަ ކޮވިޑް ފްރީ އެއް ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއި ގުޅިގެން ފަހަތަށް އެއްވެސް ފިޔަވަޅެއް ނާޅާ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ކޮވިޑް19 އިން މިންޖުވެފައިވާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ބަލިން މިންޖުވާ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭއާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ނަތީޖާ ފެންނާނެ ކަމަށެވެ. ސަރުކާރުގެ އަމާޒާއި އެއްގޮތަށް ކަންކަން ކުރެވިއްޖެ ނަމަ ރައްކާތެރި ފަތުރުވެރިކަމެއް ރާއްޖޭގައި ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެކަންކަން ނިމުމުން މަޖިލީހުގެ މެމްބަރުންނާއި ވެސް އެކަން ހިއްސާކުރައްވާނެ ކަމަށެވެ.

މީގެކުރިންވެސް މިނިސްޓަރު އަލީ ވަހީދު ވަނީ އިގްތިސާދަށް ވުރެ ބޮޑަށް ސަރުކާރުން އެންމެ ފުރަތަމަ ވެސް އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިދާޅުވެފައިވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވެން ހުރި މިންވަރަކުން ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.

“ޔަގީންކަމާއެކު މި ދަންނަވަނީ ރާއްޖޭގައި އިގްތިސާދުގައި އިންވެސްޓުކޮށްގެން ތިބި އިންވެސްޓަރުންގެ ވިޔަފާރި ފުނޑިގެން ނުދާނެކަމާއި އަދި އެ ވިޔަފާރިތަކުގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ކަށަވަރުވާނެ ގޮތެއް. މި ތިން މަސްތެރޭގައި އެކަމަށް ހައްލު ހޯދައިދޭނަން” މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.