މި ސަރަހައްދުން އެންމެ ބޮޑު ގެއްލުމެއްވާނީ ރާއްޖެއަށް: ވޯލްޑް ބޭންކް

ވޯލްޑް ބޭންކް/ ފޮޓޯ- ގެޓީ އިމޭޖެސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ކުނު އޭޝިއާއިން އެންމެ ބޮޑު ގެއްލުމެއްވާނީ ދިވެހިރާއްޖެއަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ އުފެއްދުން ތެރިކަމުގެ ނިސްބަތް މައިނަސް 8.5 އާއި މައިނަސް 13 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވެއްޓޭނެ ކަމަށެވެ. ވޯލްޑް ބޭނުންކުން މިހެން ބުނެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ރާއްޖޭގެ އިގްތިސާދު އެންމެ ގޯސް ހާލަތުގައި މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

އަދި ރާއްޖޭގެ މުޅި އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ އެއް ސަބަބަކީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން، ކޮވިޑް19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމަށް އައިސްފަ ވުމުން ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރާ އަހަރު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ. އަދި އިގްތިސާދު ދަށްވުމުގެ ސަބަބުން އާމްދަނީގެ ފަރަގު ބޮޑުވެ، ފަގީރުންގެ ނިސްބަތް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *