ތޮއްޖެހިގެން އުޅެމުން އަންނަ ތަންތަނުން ބިދޭސީން ނެރެން ފަށައިފި

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން: ފޮޓޯ / އިމިގްރޭޝަން

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ހުޅުމާލޭގައި އަލަށް ޤާއިމުކުރި ބައެއް ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ތަންތަން ބަލާ އެމީހުން ދިރިއުޅޭ ތަން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ހެނދުނު ހެދުނާ ފަށާފައިވާ ކަމަށެވެ. އަދި ބައެއް ތަންތަނަށް ގޮސް އެތަންތަނުގައި ތިބި ބިދޭސީން ނެރިގެން ހުޅުމާލެއަށް ގެންގޮސް ރަޖިސްޓްރީ ކުރުމުގެ ،މަސައްކަތް ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަނީ ފުލުހުންނާއި ސިފައިންނާއި މާލެސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަދު އިމިގްރޭޝަނުން ބުނީ އެ ބިދޭސީން ތިބޭނީ އެޗްޑީސީއިން ހުޅުމާލޭގައި ހަމަޖައްސާފައިވާ ހާއްސަ ފެސިލިޓީއެއްގައި ކަމަށެވެ. އެ ފެސިލިޓީގައި 1،000 މީހުންނަށް ތިބެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން މިއަދު އެ ފެސިލިޓީއަށް 200 ބިދޭސީން ގެންދިޔުމަކީ އަމާޒެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީއެއް އެ ފެސިލިޓީއަށް ގެންދާނެ ކަމަށެވެ. އަދި އިކޮނޮމިކް މިިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ގަވާއިދާ ހިލާފަށް ތިބި ބިދޭސީން ގާނޫނުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ބިދޭސީން އެ ފެސިލިޓީއަށް ބަދަލުކުރި ނަމަވެސް އެ ފަރާތްތަކުން ވަޒީފާއަށް ގޮސް އުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. އެ ފަރާތްތަކުން ފެސިލިޓީއަށް ވަދެ ނިކުތުމަށް ހާއްސަ ފާހެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.