ޕިލިޕީންސް އިން ރާއްޖެއައި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ޕިލިޕީންސް އިން ރާއްޖެއައި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ވެފައިވަނީ އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީން ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ. އަދި އޭނާއަކީ ފިލިޕީންސް އިން ރާއްޖެ އެނބުރި އައި މީހެއް ކަމަށާއި، މިއީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ފަސް ވަނަ ދިވެހީ މީހާ ކަމަށެވެ.

 

މި މީހާއަކީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 20ވަނަ މީހާއެވެ. ކޮވިޑް19 އަށް އެންމެ ގިނައިން ރާއްޖެއިން ޕޮޒިޓިވްވި މީހުންނަކީ ބިދޭސީންނެވެ. އެއީ 15 ބިދޭސީންނެވެ. އޭގެތެރެއިން ދެ މީހަކު ފުރައިގެން ގޮސްފައިވާއިރު ބާކީ ތިބި މީހުންނަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނެވެ. އެ 15 މީހުންގެ ތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.