މި މަހުގެ 20 ގެ ކުރިން ރޯދަ އެލަވެންސް ދިނުމަށް އަންގައިފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

މި މަހުގެ 20 ގެ ކުރިން ރޯދަ އެލަވެންސް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒިފަކަށް ރޯދަ މަހުގެ އިނާޔަތު ފައިސާގެ ގޮތުގައި ދޭން ވާނީ 3،000 ރުފިޔާ ކަމަށެވެ.

އެގޮތުން މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒިފުންނަށް އިނާޔަތު ފައިސާ ދޭއިރު އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތް ދިނުމަށާއި އަދި އިތުރު ވަޒީފާތައް އަދާކުރާ އޮފީހަކުން އިނާޔަތު ފައިސާ ނުދިނުމަށް އަންގާ ކަމަށެވެ.

އިނާޔަތު ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދަން ވަނީ އަންގާފައެވެ.

އަދި ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޭންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ ފައިސާ ބަލާނީ 30 ދުވަހުން ގެއްލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

1 thought on “މި މަހުގެ 20 ގެ ކުރިން ރޯދަ އެލަވެންސް ދިނުމަށް އަންގައިފި

  1. ވާވާ ސަރުކާރު ބަންދު ދުވަސްތަކުގައި ރޯދަ އެލަވަންސް ދޭން މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީ ފައިސާ ނުދީ މަސައްކަތް ކުރުވަނީ އިންސާފެއްނޫން.

Leave a Reply

Your email address will not be published. Required fields are marked *