ކަސްޓަމްސްގެ ހިނގުން ވަގުތީ ގޮތުން ޝަރީފަށް!

ޑެޕިއޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް މަހްމޫދް ރިޔާޒް/ ފޮޓޯ- ކަސްޓަމްސް

ކަސްޓަމްސްގެ ހިނގުން ވަގުތީ ގޮތުން ޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި ހަވާލުކޮށްފިއެވެ.

ކަސްޓަމްސްގެ ހިނގުން ވަގުތީ ގޮތުން ޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި ހަވާލުކޮށްފައި ވަނީ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނޫމާން މިދިޔަ ހަފުތާއި އަވަހާރަ ވުމާއި ގުޅިގެން ނެވެ.

ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕުލާންޓް އޮޕަރޭޝަނަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ. ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. އޭނާއަކީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.