ދުބާއީ އިން 7 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފި

ދުބާއީ އިން މުދާ ގެނައި ފްލައިޓުން މުދާ ބާލަނީ: ފޮޓޯ / މޯލްޑިވިއަން

ދުބާއީ އިން 7 ޓަނުގެ ކާގޯ ހިފައިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަލައިޓު ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އެއާލައިނުގެ ފްލައިޓުގައި 6700 ކިލޯ ކާގޯ ނުވަތަ 6.7 ޓަނުގެ ކާގޯ ދުބާއީ މެދުވެރިކޮށް ރާއްޖެއަށް ރޭގެ ވަގުތެއްގައި ގެނެސްފައިވާ ކަމަށެވެ. މޯލްޑީވިއަންނުން ވަނީ ތައިލެންޑުގެ ބެންކޮކާއި، ސްރީލަންކާގެ ކޮލޮމްބޯ، އަދި އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީއަށް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކުވެސް ކުރަމުން ގެންދާނެކަން ހާމަކޮށްފައެވެ.

މޯލްޑިވިއަން އިން މީގެކުރިން ލަންކާއިން 10 ޓަނުގެ ކާގޯ ރާއްޖެއަށް ގެނެސްފައިވާއިރު ތައިލޭންޑުން މީގެކުރިން ދެ ފަހަރެއްގެ މަތިން 12 ޓަނާއި 10 ޓަނުގެ ކާގޯ ވަނީ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މޯލްޑިވިއަން އިން އަންނަނީ އިންޑިއާ ލަންކާ އަދި މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއައުމަށް ބޭނުންވާ ދިވެހިންގެ ތެރެއިން އެތައް ދިވެހިންނެއް ރާއްޖެ ގެނެސްދީފައެވެ. އެގޮތުން ލަންކާއިން 100 އަށްވުރެ ގިނަ ދިވެހިން ގެނެސްފައިވާއިރު މެލޭޝިޔާއިން އިންވަނީ 197 ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާގެ ކޮޗިން އިން ވެސް ވަނީ އެތައް ދިވެހިންނެއް ރާއްޖެ ގެނެސްދީފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.