ތިންވަނަ ފަހަރަށް މެލޭޝިޔާ އިން ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން/ ފޮޓޯ-ނިއު ސްޓްރެއިޓްސް ޓައިމްސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މެލޭޝިޔާ އިން ތިންވަނަ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިއެވެ.

މެލޭޝިޔާ ފުރަމަ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 18ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފަހުން އެ މުއްދަތު މި މަހުގެ 14ވަނަ ދުވަހާއި ހަމައަށް އިތުރުކުރިއެވެ. އަދި މިއަދު މިވަނީ ލޮކްޑައުން މި މަހުގެ 28ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ވިދާޅުވީ ލޮކްޑައުންގެ ސަބަބުން ކޮވިޑް19 އިތުރަށް ފެތުރުނަ ނުދީ ހިފެހިއްޓިފައިވާ ކަމަށެވެ. އެގޮތުން އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ދުނިޔޭގެ އެހެން ގައުމުތަކުގައި މަރުވި މީހުންގެ އަދަދު މަދު ކަމަށެވެ. އަދި އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މަދުވަމުން އަންނަ ކަމަށް މުހުޔިއްދީން ވިދާޅުވިއެވެ.

މުހިޔިއްދީން ވިދާޅުވީ އެގޮތަށް މީހުން ޕޮޒިޓިވްވާ އަދަދު މަދުވާ ކަމަށްވާ ނަމަ އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ކޮވިޑް19 އަކީ ފަސޭހަ ކަމެއްކަން ނުދެކުމަށް އެދިވަޑައިގެންނެވިއެވެ.

ކޮވިޑް19 އާ ގުޅިގެން މެލޭޝިޔާއިން މިހާތަނަށް 4،228 މީހަކު ޕޮޒިޓިވްވެފައިވާއިރު 67 މީހުން ވަނީ މަރުވެފައެވެ. އަދި އޭގެތެރެއިން 1608 މީހުން ވަނީ މި ބަލިން ރަނގަޅުވެސް ވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.