ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްތަކަށް ދިއުމުގެ ހުއްދަ ދީފި

ޖޯލި މޯލްޑިވްސް ---

ރާއްޖޭގެ ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްތަކަށް ދިއުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިދިޔަ މަހުގެ 27ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން ހާލަތްތަކަށް ބަލައި ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރިސޯޓުތަކުން މީހުން ފައިބަނީ އެ ރިސޯޓުން އެންމެ ފަހުގެ ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަސް ހަމަވާ ފަހުންނެވެ. އެގޮތަށްވެސް ހަމަޖެއްސީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި ގުޅިގެންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 13 މީހަކު އެބަލިން ވަނީ ރަނގަޅުވެފައެވެ. އަދި ފަރުވާ ދެމުން ދަނީ ހަތަރު މީހަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.