މެލޭޝިޔާގައި ކޮވިޑް19 ޖެހުނު ދިވެހި މީހާގެ ހާލަތު ރަނގަޅު: ހައިކޮމިޝަން

މެލޭޝިޔާގެ މަގެއްގެ މަތީގައި މީހުންތަކެއް މާސްކު އަޅައިގެން --

މެލޭޝިޔާއިން މިއަދު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި ދިވެހި މީހާގެ ހާލަތު ރަނގަޅު ކަމަށް އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ހައި ކޮމިޝަނުން މިއަދު ބުނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބުނީ، މިއަދު މެލޭޝިއާގެ ހެލްތް މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން އާންމުކޮށްފައިވާ ރިޕޯޓުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެކަން އިތުރަށް ސާފު ކުރުމަށްފަހު މެލޭޝިޔާގައި ދިިރިއުޅޭ ދިވެހިން ތިބޭ ވައިބާ ގްރޫޕަކަށް ހައި ކޮމިޝަނުގެ ފަރާތުން ކުރި މެސެޖެއްގައި ބުނީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށާއި އެކަން އެ ކޮމިޝަނަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ޔަގީން ކޮށްދީފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލަތު ރަނގަޅު ކަމަށްވެސް ހައި ކޮމިިޝަނުން ވަނީ ބުނެފައެވެ.

މުޅި ދުނިޔެއަށް ފެތުރެިފައިވާ ކޮވިޑް19 އަށް މިހާތަނަށް މެލޭޝިއާއިން 4،119 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެތެރެއިން 65 މީހަކު މިހާތަނަށް ވަނީ އެގައުމުން މަރުވެފައެވެ. ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާއިން ވަނީ އެގަމުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އެ ގައުމުގެ ލޮކްޑައުންގެ މުއްދަތު ހަމަވާނެއެވެ. ނަމަވެސް 14 އޭޕްރީލް އަށް ފަހަށް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *