9 ކިލޯގެ ޑްރަގް މައްސަލަ: ޝަރީއަތް ނިމެންދެން ހަތަރު މީހަކު ބަންދަށް

މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކުރި މީހުން --

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ އަރުޝަދު ހާލިދު އާއި، އަހުމަދު ސުނެއިން އާއި އަލީ ޒުބެއިރުގެ އިތުރުން އަހުމަދު ގިޔާސް އަށް ކަމަށެވެ.

މީގެތެރެއިން އަރުޝަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އެވެ. އަލީ ޒުބައިރު އާއި އަހުމަދު ސުނެއިންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އެވެ.

އަދި އަޙްމަދު ގިޔާސްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ވަނީ 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ފައިސާ ހޯދާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.