މެލޭޝިއާއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މެލޭޝިޔާ-

މެލޭޝިޔާއިން ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބުނީ، މިއަދު މެލޭޝިއާގެ ހެލްތް މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން އާންމުކޮށްފައިވާ ރިޕޯޓުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެކަން އިތުރަށް ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މުޅި ދުނިޔެއަށް ފެތުރެިފައިވާ ކޮވިޑް19 އަށް މިހާތަނަށް މެލޭޝިއާއިން 4،119 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެތެރެއިން 65 މީހަކު މިހާތަނަށް ވަނީ އެގައުމުން މަރުވެފައެވެ. ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާއިން ވަނީ އެގަމުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އެ ގައުމުގެ ލޮކްޑައުންގެ މުއްދަތު ހަމަވާނެއެވެ. ނަމަވެސް 14 އޭޕްރީލް އަށް ފަހަށް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *