އަންނަ ހަފްތާގެ ތިން ދުވަހު ބޭންކުތައް ހުޅުވާނެ

ބީއެމްއެލް ހެޑް އޮފީސް/ ފޮޓޯ- ބީއެމްއެލް

އަންނަ ހަފްތާއަކީ ވެސް ސަރުކާރު ބަންދު ހަފްތާއެއް ކަމަށް ނިންމި ނަމަވެސް އެމްއެމްއޭ އަދި ބޭންކުތަކުން ހަފްތާގެ ތިން ދުވަހަކު ހިދުމަތް ދޭނެ ކަމަށް ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ އަންނަ ހަފްތާގައި ބޭންކުތައް ހުޅުވާނީ 13ވަނަ ދުވަހާއި 14ވަނަ ދުވަހާއި އަދި 16ވަނަ ދުވަހު ކަމަށެވެ. އެގޮތުން، ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ދެމުންދާނީ ހެނދުނު 09:30 އިން 12:30 އަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ހެނދުނު 09:30 އިން 11:00 އަށް ދެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުގެ އިތުރުން ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައް ވެސް އިތުރު އެއް ހަފްތާ އަށް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.