13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 18 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މީހާއަކީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށެވެ. އަދި ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *