މިއަދު ދޫކޮށްލި 28 މީހުންނާއި އެކު ޖުމްލަ 325 މީހަކު ކަރަންޓީނުން ދޫކޮށްފި

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

ކޮވިޑް19 އާ ގުޅިގެން ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުން މިއަދު 28 މީހަކު ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސްގެ ފަރާތުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރުވެސް ކަރަންޓިން މުއްދަތު ހަމަވެ 200 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިއަދު ދޫކޮށްލި 28 މީހުންނާއި އެކުގައި ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލި މީހުންގެ އަދަދު 325 އަށް އަރާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް 2350 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި އޭގެތެރެއިން 2059 މީހެއްގެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ސާމްޕަލް ނެގި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 272 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އައިސޮލޭޝަން އެކި ފެސިލިޓީތަކުގައި 12 މީހުން ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1019 މީހަކު އެބަހުއްޓެވެ. ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.