ކުޅުދުއްފުށީގައި ބިދޭސީއަކަށް ހަމަލާދީ އެމީހާގެ ވޮލެޓު ފޭރިއްޖެ

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށީ ސިޓީގައި ބިދޭސީއަކަށް ހަމަލާދީ އެމީހާގެ ވޮލެޓު ފޭރުގެންފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 22:30 އެހާކަށްހާއިރު މޫނި ނިވާ ކޮށްގެން ތިބި ބަޔަކު ކުޅުދުއްފުށީގެ މަގެއްގެ މަތިން ހިނގާފައި ދިޔަ ބަންގްލަދޭޝަން ފިރިހެނެއްގެ ގައިގައި ދަނޑިބުރިއަކުން ޖަހާ މާރާމާރީ ހިންގާ އެމީހާގެ ވޮލެޓު ފޭރިގެންފައިވާ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފަރާތުންގެ ވާތު ބުމަ މަތިން އެއް އިންޗި ހުންނަވަރުގެ ތަނަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމީހާއަށް ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.