މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް 7 ޓަނުގެ ކެއާ ޕެކޭޖު

މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖުތައް ފޮނުވުމުގައި: ފޮޓޯ / ހަތާވީސް

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އަދި އެކިއެކި ބޭނުންތަކަށް މިވަގުތު އެގައުމަށް ގޮސް ތިބި ދިވެހިންނަށް ހަތް ޓަނުގެ ކެއާ ޕެކޭޖު ފޮނުވާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޕީއާރު އެންޑް މާކެޓިން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިހާރު މޯލްޑިވިއަންގެ ބޯޓު މެލޭޝިޔާއަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބޯޓުގައި ކެއާ ޕެކޭޖުގެ ގޮތުގައި ގާތްގަނޑަކަށް ހަތް ޓަނުގެ ތަކެތި ފޮނުވާފައިވާ ކަމަށެވެ. ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެއްޗެވެ.

ހަތް ޓަނުގެ ކެއާ ޕެކޭޖުތައް މޯލްޑިވިއަންގެ އެހީގައި މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ހަތް ޓަނުގެ ކެއާ ޕެކޭޖު ފޮނުވާފައިވާއިރު ލަންކާގައި ތިބި ދިވެހި އާއިލާތަކަށް 9 ޓަނުގެ ކެއާ ޕެކޭޖުތައް މޯލްޑިވިއަންގެ އެހީގައި ވަނީ ފޮނުވާފައެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)

* މަސް ދަޅު ކޭސް

* ނޫޑްލްސް ކޭސް

* ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)

* މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގައި ނުހިމެނޭނެ ތަކެތިވެސް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެއީ:

* ފައިސާ

* ރޯމަސް

*ކޭކު

*ހެދިކާ

*މޭވާ

* ތަރުކާރީ

* ސިނގިރޭޓު

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލު ކުރުމަށް އައިސް އުޅެ ގައުމެކެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން މެލޭޝިޔާ ލޮކްޑައުން ކޮށްފައިވާއިރު ރާއްޖެއިން ގެނެސްފައިވާ ބައެއް ކާބޯތަކެތި ހުސްވެގެން އެތަކެތި އިތުރަށް ގެންނާނެ ގޮތެއް ނެތިގެން ބައެއް ދިވެހިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.