ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަވަހާރަވެއްޖެ

ކޮމިޝަނަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ނޫމާން: ފޮޓޯ / ރައީސް އޮފީސް

ކޮމިޝަނަރު އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވެއްޖެއެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެޕާޓީގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީގެ ރައީސް އަދި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ނިޔާވި ހަބަރަކީ އެޕާޓީއަށާއި ދިވެހި ގައުމަށް ލިބުނު ނުހަނު ހިތާމަވެރި ހަބަރެއް ކަމަށެވެ.

ނުއުމާން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. އޭނާއަކީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.