ރިލީފް ޕެކޭޖު ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލައިފި

ބީއެމްއެލް ހެޑް އޮފީސް/ ފޮޓޯ- ބީއެމްއެލް

ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބިގެން ދިޔަ ހީނަރުކަން ކުޑަ ކުރުމަށް ސަރުކާރުން އިއުލާން ކުރި ރިލީފް ޕެކޭޖަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ އެ ސްކީމް އަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާއެކު ތައާރަފްކުރެވުނު ލޯން ސްކީމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ސްކީމްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ އުސޫލްތަކުގެ މައްޗަށް ބިނާކޮށް ލޯން ދޫކުރަންޖެހޭ ރިސޯޓްތަކާއި ވިޔަފާރިތަކުގެ ލިސްޓެއް އެ މިނިސްޓްރީން ބޭންކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސްކީމަށް ކަނޑައެޅިފައިވާ އުސޫލްތަކާ ބެހޭ މައުލޫމާތު އެ މިނިސްޓްރީން ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާނީ ބޭންކުން ކަނޑައަޅާފައިވާ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަން ލިބުމުން ބޭންކުން ކްރެޓިޑް އިވެލުއޭޝަން ހެދުމަށްފަހު ލޯނު ލިބޭ ފަރާތްތަކަށް ގުޅާ އެކަން އަންގާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. އަދި ލޯނު ލިބޭ ފަރާތްތަކުން ލޯނު އެގްރީމަންޓް ފުރިހަމަ ކުރުމަށްޓަކައި އެންމެ ކައިރި ބްރާންޗަކަށް ދާންޖެހޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ މި ލޯނަށް ކުރިމަތިލާ ރިސޯޓުތަކަކީ އެނުއަލް ޓާންއޯވާ ގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވާ
އެއްވެސް މާލީ އިދާރާއެއްގައި އެން.ޕީ.އޭ (ދައްކަންޖެހި، ނުދައްކާ ހުރި ލޯން/ފައިނޭންސިން) ފެސިލިޓީއެއް ނެތް އަދި 2019 ވަނަ އަހަރު ވިޔަފާރިން ފައިދާވެފައިވާ ރިސޯޓުތަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮސިޓިވްވެފައިވާ ރިސޯޓަކަށް ވާންޖެހޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މިއަދު ސަރުކާރުން އާއްމު ކުރި ތަފްސީލުތަކަށް ބަލާއިރު، ޓޫރިސްޓް ރިސޯޓްތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާ ކަމަށް ބުނެފައި ވެއެވެ.

ރިސޯޓުތަކަށް ލޯނު ދޫކުރުމާއި ބަލާ ކަންކަމުގެ ތެރޭގައި އެ ރިސޯޓުގެ އޯނާޝިޕް އަކީ ދިވެހި އޯނާޝިޕެއްތޯއާ މުވައްޒަފުންގެ 45 އިންސައްތަ އަކީ ދިވެހި މުވައްޒަފުންތޯ ހިމެނެއެވެ. އަދި އެކަންކަން ސަރުކާރުން ބެލުމަށްފަހު ބީއެމްއެލްއާ އެކަން ސަރުކާރުން ހިއްސާ ކުރާނެ ކަމަށް ފިނޭންސްގެ ބަޔާނުގައިވެއެވެ. މީގެއިތުރުން ރިސޯޓަށް މިދިޔަ އަހަރު ފައިދާވެފައި ވުމާއި ކުރިޔަށް އޮތް ތިން އަހަރު ކޭޝް ފްލޯ ފޯކާސްޓު ޕޮޒިޓިވްވްކޮށް ހުރުމަކީ ވެސް ލޯނު ދިނުމުގައި ސަރުކާރުން ބަލާ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

އެ ބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުން ވަކިކޮށް ނުވަތަ ނޯޕޭ ނަގަން މަޖޫބުރު ކޮށްފައިވާ އެއްވެސް ފަރާތަކަށް ލޯނު ލިބިގެން ނުދާނެ ކަމަށާއި އެކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަހަރު އާމްދަނީގެ ގޮތުގަތި 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވެސް ބީއެމްއެލް މެދުވެރިކޮށް ކަމަށެވެ. އެ ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ ކަމަށާއި، އެ ބައިގެ ދަށުން ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެ ކަަމަށް ބަޔާނުގައިވެއެވެ.

މިދިޔަ ވަނަ އަހަރު އާމްދަނީގެ ގޮތުގަތި 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން
އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ. އެ ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ ކަމަށާއި، މި ބައިގެ ދަށުން ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެ ކަމަށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލޯނުތައް ދެވޭނީ ހަ ޕަސެންޓު އިންޓަރެސްޓްގައި، ހަސް މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއި އެކުގައެެވެ. އަދި މި މުއްދަތުގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.