ސަރުކާރުގެ ރިލީފް ޕެކޭޖުން ރިސޯޓުތަކަށް 7.71 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް

ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބިގެން ދިޔަ ހީނަރުކަން ކުޑަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައެޅި ރިލީފް ޕެކޭޖުގެ ތެރެއިން ރިސޯޓުތަކަށް 7.71 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

މިއަދު ސަރުކާރުން އާއްމު ކުރި ތަފްސީލުތަކަށް ބަލާއިރު، ޓޫރިސްޓް ރިސޯޓްތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާ ކަމަށް ބުނެފައި ވެއެވެ.

ރިސޯޓުތަކަށް ލޯނު ދޫކުރުމާއި ބަލާ ކަންކަމުގެ ތެރޭގައި އެ ރިސޯޓުގެ އޯނާޝިޕް އަކީ ދިވެހި އޯނާޝިޕެއްތޯއާ މުވައްޒަފުންގެ 45 އިންސައްތަ އަކީ ދިވެހި މުވައްޒަފުންތޯ ހިމެނެއެވެ. އަދި އެކަންކަން ސަރުކާރުން ބެލުމަށްފަހު ބީއެމްއެލްއާ އެކަން ސަރުކާރުން ހިއްސާ ކުރާނެ ކަމަށް ފިނޭންސްގެ ބަޔާނުގައިވެއެވެ. މީގެއިތުރުން ރިސޯޓަށް މިދިޔަ އަހަރު ފައިދާވެފައި ވުމާއި ކުރިޔަށް އޮތް ތިން އަހަރު ކޭޝް ފްލޯ ފޯކާސްޓު ޕޮޒިޓިވްވްކޮށް ހުރުމަކީ ވެސް ލޯނު ދިނުމުގައި ސަރުކާރުން ބަލާ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

އެ ބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުން ވަކިކޮށް ނުވަތަ ނޯޕޭ ނަގަން މަޖޫބުރު ކޮށްފައިވާ އެއްވެސް ފަރާތަކަށް ލޯނު ލިބިގެން ނުދާނެ ކަމަށާއި އެކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަހަރު އާމްދަނީގެ ގޮތުގަތި 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވެސް ބީއެމްއެލް މެދުވެރިކޮށް ކަމަށެވެ. އެ ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ ކަމަށާއި، އެ ބައިގެ ދަށުން ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެ ކަަމަށް ބަޔާނުގައިވެއެވެ.

މިދިޔަ ވަނަ އަހަރު އާމްދަނީގެ ގޮތުގަތި 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން
އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ. އެ ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ ކަމަށާއި، މި ބައިގެ ދަށުން ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެ ކަމަށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލޯނުތައް ދެވޭނީ ހަ ޕަސެންޓު އިންޓަރެސްޓްގައި، ހަސް މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއި އެކުގައެެވެ. އަދި މި މުއްދަތުގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.