ރައްޔިތުން ވީ ހާލެއްގައި ވާނަން، ރައްޔިތުންނަކާއި ދުރަކަށް ނުދާނަން: ނަޝީދު

ހަފްލާއެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ސަބަބުން ރާއްޖެ ވެއްޓިފައި މިވަނީ އިގްތިސޯދީ އަނދަވަޅަކަށް ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންވީ ކޮންމެ ހާލެއްގައި ރައްޔިތުންނާއި އެކު ދުރަށް ވަޑައި ނުގޮސް ހުންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ އިގްތިސޯދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. މިކަމަށް ހުރިހާ ރައްޔިތުންވެސް ކެތްތެރިވެ ރައްޔިތުންގެ “ކަމަރު” ބަނދެލަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތީ ދަތި ދުވަސްތަކެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންވީ ހާލެއްގައި އެމަނިކުފާނު ވާނެ ކަމަށެވެ.

“ރާއްޖޭގެ ރައްޔިތުން ވީ ހާލެއްގައިވާން ހަމަގައިމުވެސް އަޅުގަނޑު މިހުރީ ތައްޔާރަށް. އަޅުގަނޑަށް ތިބޭފުޅުންނަކާއި ދުރަކަށްވެސް ނުޖެހޭނަން. ތިބޭފުޅުންނަށް ނުފެންނަ ތަނަކަށް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުދާނަން،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު މިދިޔަ މަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެންމެ ނުރައްކާ ދަނޑިވަޅަށް ވެސް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނާ އެކު ވީހާލެއްގައި ވާން އެމަނިކުފާނު ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތަކަށް ބުރޫ އެރިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

“އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާނެ. އަޅުގަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު. މިއީ އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަ ގޮތަކީ.” ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.