މެލޭޝިޔާއިން އަންނަ ދިވެހިންނަށް ބަގޭޖް އެލަވެންސެއްގެ ގޮތުގައި 20 ކިލޯ

މޯލްޑިވިއަން ކަގޯ ފްލައިޓެއް/ ފޮޓޯ- މީސް މީޑިއާ

ކޮވިޑް19 އާ ގުޅިގެން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ބަލާ ދިއުމަށް ދާ މޯލްޑިވިއަންގެ ފްލައިޓުން ބަގޭޖް އެލަވެންސްގެ ގޮތުގައި 20 ކިލޯ ލިބޭނެ ކަމަށް އެ އެއާލައިން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނެފައި ވަނީ މެލޭޝިޔާ އެއްވެސް ޕަސިންޖަރެއްގެ ބެގޭޖު ކަނޑައެޅިފައިވާ 20 ކިލޯއަށްވުރެ ބަރުވެއްޖެ ނަމަ ބަރުވާ ކޮންމެ ކިލޯއަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ނުދައްކައިފި ނަމަވެސް ބަރުވާ އެއްޗެއް ނުގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް ރޭ 20:00އިން ފެށިގެން މިއަދު ހެނދުނު 9:00އާ ހަމައަށް ވަނީ ޓިކެޓު ވިއްކާފައެވެ. ޓިކެޓެއް ވިއްކާފައިވަނީ 6،168 ދިވެހި ރުފިޔާ އަށެވެ.

މޯލްޑިވިއަން އިން ވަނީ މެލޭޝިޔާގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ދިވެހިން ރާއްޖެ ގެނެސްދީފައެވެ. މޯލްޑިވިއަން އިން އިއްޔެ ބުނީ ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން ގެނެވެންދެން އެ ދަތުރުތައް ކުރަމުން ގެންދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.