މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ހަމަލާދީފި

މޯލްޑިވިއަންގެ ޓިކެޓު އޮފީހެއް: ފޮޓޯ / އަވަސް

މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ރޭ ހަމަލާ ދީފިއެވެ.

މޯލްޑިވިއަން އިން ރޭ ބުނީ އޮންލައިންކޮށް އެ އެއާލައިނުގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި އެފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށް އެ އެއާލައިން އިން ބުނެއެވެ.

އެފަދަ އެޓޭކްުތަކެއް ރޭ ބަޔަކު ދީފައިވަނީ މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް މޯލްޑިވިއަން ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

އެ ދަނޑިވަޅުގައި ރޭ މޯލްޑިވިއަން އިން ވަނީ އޮންލައިންކޮށް ޓިކެޓު ނެގުމަށް ދަތިތައް ކުރިމަތިވި ފަރާތްތަކުން އެއާލައިން އަށް ގުޅައިގެން ޓިކެޓު ނެގުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ހަމަލާ ދީފައިވާއިރު މިހާރު މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް ދާ މޯލްޑިވިއަން ފްލައިޓުގެ ޖާގަތައް ވަނީ އެއްކޮށް ފުރިފައެވެ.

މޯލްޑިވިއަން އިން މެލޭޝިއާ އަށް ކުރާ ދަތުރުގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ 200 ދިވެހިންނެވެ. މި ދަތުރުގެ ޓިކެޓުގެ އަގަކީ 330 ޑޮލަރެވެ. އެ އެއާލައިން ވަނީ ލަންކާ އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ދިވެހިން ގެނެސްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *