މޫދަށް ފުންމާލި ބިދޭސީ މީހާ އަދިވެސް ނުފެނޭ

ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ: ފޮޓޯ / އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން އަންނަ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރެއިން ފެށިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާ ގެއްލުނު ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދުގައި ސްނޯކަލް ކުރަން ފަށާފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ރޭ ބުންޏެވެ.

މިއަދު ހެނދުނު އެމީހާ ހޯދުމަށް ކަނޑުގެ ސާފަސް ބަލަން އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވާ ފަށާފައިވާ ކަމަށްވެސް ބުންޏެވެ. އަދި މިހާތަނަށް 120،000 ސްކެއާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، މުދިމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެމީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަކީ އެ ރިސޯޓުގެ މިސްކިތުގެ އިމާމު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މިރޭ 10:13 ހާއިރު ކަމަށާއި ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި އެމީހާ ފޯނު ކޯލެއްގައި ހުރެފައި، ރިސޯޓުގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލިތަން ފެނިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.