ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓު--

ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެމީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަކީ އެ ރިސޯޓުގެ މިސްކިތުގެ އިމާމު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މިރޭ 10:13 ހާއިރު ކަމަށާއި ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި އެމީހާ ފޯނު ކޯލެއްގައި ހުރެފައި، ރިސޯޓުގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލިތަން ފެނިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމީހާ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.