އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

މޯލްޑިވިއަން ކަގޯ ފްލައިޓެއް/ ފޮޓޯ- މީސް މީޑިއާ

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް މޯލްޑިވިއަނުން މިހާރު ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ އަދި ފުވައްމުލަކަށް މޯލްޑިވިއަނުން މި ދުވަސްވަރު ކުރަމުން އަންނަ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެއާއެކު ދަތުރުކުރާ މީހުން ވެސް މަދުވެފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓީނުގައި އަދި ބައެއް ރިސޯޓުތަކުން ވެސް މުވައްޒަފުންނަށް އަނބުރާ ރަށަށް ދެވޭ ގޮތް މިހާރު ވެފައިވުމުން ވަރަށް ގިނަ މީހުން އިތުރު ދަތުރުތައް ބޭއްވުމަށް އެދެމުންދާ ކަމަށާއި އެއާއެކު އިތުރު ދަތުރުތައް އެ ދެ މަންޒިލަށް މިހާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން އައްޑޫ އަދި ފުވައްމުލަކަށް އިތުރު ދަތުރުތައް ކުރަން ނިންމިއިރު އެޗްޕީއޭ އިން އިއްޔެ ވަނީ ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން މީހުން ފޭބުމަށް ހުއްދަ ދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.