ވަގަށް ނެގި ސާމާނުތައް ވިއްކާލާފައި ވަނިކޮށް އެތަކެތި ހޯދުމަށްފަހު ވަގުން ހައްޔަރުކޮށްފި

އދ. ފެންފުށި --

އދ. ފެންފުށިން ބަޔަކު މީހުން ވައްކަން ކުރުމަށްފަހު، ވަގަށް ނެގި ސާމާނުތައް މީހަކަށް ވިއްކާލިފަހުން ކޯޓު އަމުރެއްގެ ދަށުން ވަގުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ފެންފުށީ ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަންކުރި މައްސަލައެއް މިމަހުގެ ތިން ވަނަ ދުވަހު ހުށަހެޅި ކަމަށެވެ. ފުލުހުން ބުނީ އެތަނުން ވަގަށް ނަގާފައިވަނީ ހަތަރު ކުޑަދޮރާއި ހަ ބަސްތާ ސިމެންތިއާއި 15 ދަގަނޑު ހޮޅި ކަމަށެވެ.

ވަގަށް ނެގި ހަތަރު ކުޑަ ދޮރާއި ހަތަރު ބަސްތާ ސިމެންތި މީހަކަށް ވިއްކާލައިފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ފުލުހުން ބުނީ ދެ ދަގަނޑު ހޮޅިވެސް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 27 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުން ހައްޔަރުކުރީ އިއްޔެ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެ މީހުންގެ ބަންނަށް 10 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.

އެ މައްސަލަ މިހާރު ދަނީ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.