ކޮވިޑް19 އާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު އެޑްމިޓް ކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރު ބޮރިސް--

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރައްވައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޮޑުވަޒީރު ބޮރިސް އެޑްމިޓު ކުރެއްވީ ބަލި ޖެހުނުތާ 10 ދުވަސްވީ އިރުވެސް ހުމުގެ އަސަރު ފިލައިގެން ނުދާތީއެވެ.

އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ބުނެފައިވަނީ، ކޮވިޑް-19 އަށް ބޮޑުވަޒީރު ޕޮޒިޓިވްވި ފަހުން ކޮވިޑް-19 ގެ ގިނަ އަލާމާތްތަކެއް ފެންނަމުން އަންނަ ކަމަށެވެ.

ބޮޑުވަޒީރު ބޮރިސް ދަނީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް މަގާމުގެ ޒިންމާ ބަރާބަރަށް އަދާކުރައްވަމުންނެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *