ޓްރިވެންޑްރަމް އަދި މެލޭޝިޔާއިން ވެސް ދިވެހިން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަނީ

މެލޭޝިއާ/ ފޮޓޯ- ގޫގުލް

ކޮވިޑް19 ގެ ސަބަބުން މެލޭޝިޔާ އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި އުޅޭ ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޓްރިވެންޑްރަމް އަދި މެލޭޝިޔާއިން ވެސް ދިވެހިން ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މޯލްޑިވިއަންގެ ފްލައިޓެއް އެ ދެ ތަނަށްވެސް ދަތުރު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވިއިރު ލަންކާ އަދި ކޮޗިންގައި ތިބި ދިވެހިން ބަލާ ދިއުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ.

މޯލްޑިވިއަން އިން ބުނީ އެ ދެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން ލަންކާގައި ތިބި ދިވެހިން ގެނައުމަށް ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށާއި ކޮޗިން އަށް ދަތުރު ކުރުމަށް އެއް ފްލައިޓު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ އެ ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ނަމާއި ޕާސްޕޯޓު ކޮޕީގެ އިތުރުން ފޯން ނަމްބަރު މޯލްޑިވިއަން އަށް ފޮނުވުމަށް އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *