ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު ހައްޔަރުކޮށްފިޮ

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ކުޑަ ކުއްޖަކަށް ސިފައިންގެ މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެމީހާ ހައްޔަރުކޮށްފައިވީ ނަމަވެސް އެކަމުގައި ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ މައްސަލަ ސިފައިންނާއި ހިއްސާކޮށްފައިވާއިރު ފުލުހުން މިއަދު ވަނީ އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ކަމަށާއި، މި މައްސަލަ އާއި ގުޅިގެން 21 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.