ކޮޗިން އަދި ކޮލޮމްބޯގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް ބާއްވަނީ

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

އިންޑިއާގެ ކޮޗިން އަދި ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަ ބޭނުންވެ ނަމަވެސް ކޮވިޑް19 ގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

އިންޑިއާގެ ކޮޗިން އަދި ކޮލޮމްބޯގައި ތިބި ދިވެހިންގެ ތެރެއިން ކޮވިޑް19 ގެ ސަބަބުން އެނބުރި ރާއްޖެއަށް ނާދެވިފައި ތިބި ދިވެހިން ގެންނަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އެ ދެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން ލަންކާގައި ތިބި ދިވެހިން ގެނައުމަށް ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށާއި ކޮޗިން އަށް ދަތުރު ކުރުމަށް އެއް ފްލައިޓު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ އެ ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ނަމާއި ޕާސްޕޯޓު ކޮޕީގެ އިތުރުން ފޯން ނަމްބަރު މޯލްޑިވިއަން އަށް ފޮނުވުމަށް އެދޭ ކަމަށެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އަދި ލަންކާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ އެއާލައިނުން އަންނަނީ ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ކާގޯ ފްލައިޓެއް ވެސް ބާއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *