ކަރަންޓީނުން ދޫކޮށްލަން ބުނި 49 މީހުންގެ ނަތީޖާ ނެގެޓިވް

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ފަން އައިލެންޑުގެ ކަރަންޓީންގައި ތިބި 49 މީހަކު ކަރަންޓީންގައި ތިބޭތާ 14 ދުވަސް ހަމަވުމުން އެ ބައްޔަށް ޓެސްޓު ކުރުމުން ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ހުރިހާ އެންމެން ވެސް ކަރަންޓީން އިން ދޫކުރުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓު ކޮށްފައިވާނެ ކަމަށެވެ. އަދި އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެހެންކަމުން މިހާރު އެ އެޖެންސީން އަންނަނީ އެމީހުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ކޮވިޑް19 އަށް ކުރާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވާ ހުރިހާ އެންމެން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްލާއިރު ބަލާ އާދެވޭނީ އާއިލާގެ ތެރެއިން އެންމެ މީހަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ސަބަބަކީ އެމީހުން ގެންދާ ސަރަހައްދު ތޮއްޖެހުމުން ކުޑަ ކުރުމަށެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީނުން ދޫކޮށްލާ މީހުން ގެންދާ ތަނާއި އެމީހުން ބަލާ ދާންވީ ތަން އެޗްޕީއޭގެ ފަރާތުން އާއިލާއަށް އަންގާނެ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 881 މީހަކު އެބަ ތިއްބެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *