މާފުށީގައި މޫދަށް އެރުމާއި މަސް ދަތުރު ދިއުން މަނާކޮށްފި

ކ. މާފުށި --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވާއިރު އެކަމުން ރައްކާތެރިވުމުގެ ގޮތުން ކ. މާފުށީގައި އެއްވެސް ގޮަތަކަށް މި ދުވަސްވަރު މޫދަށް އެރުމާއި މަސް ދަތުރު ދިއުން މަނާ ކޮށްފިއެވެ.

މާފުށި ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ އެންގުން އެރަށުގެ ރައްޔިތުންނާއި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަންގާފައި ވަނީ މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާފުށީގައި ހަރަކާތްތެރިވާ ކޮވިޑް19 ގެ ޓާސްކް ފޯސް ޓީމުގެ އިރުޝާދާއި މަޝްވަރާ ކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނީ މާފުށި ރައްޔިތުން ކުރުން މަނާ ފަސް ކަމެއް އަންގާފައިވާ ކަމަށެވެ.

އެއީ ޕާކުތަކަށް ދިއުމާއި މޫދަށް އެރުން އަދި މަސްދަތުރު ދިއުމުގެ އިތުރުން މާފުށީ ފުޓްސަލް ދަނޑާއި ބޯޅަ ދަނޑުގައި ކުޅުމާއި ގެއިން ބޭރުގައި ގްރޫޕު ކެއުން ބޭއްވުމާއި ބާބަކިއު ހެދުމެވެ.

މާފުށީ ކައުންސިލުން ވަނީ އެ ރަށުގެ އެންމެންވެސް ރައްކާތެރިކަމުގެ ގޮތުން ފަރުދީ ޒިންމާ އަދާކޮށް މި އެންގުމާއި އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މި އެންގުމާއި ހިލާފުވާ މީހުނަށް ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ނަސޭހަތް ދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *