ރާއްޖެއަށް ފިޔާއާ ބިސް ހިފައިގެން ދަތުރުކުރި ބޯޓެއްގައި ރޯވެއްޖެ

ބާޒާރުމަތި ފިހާރައެއް: ފޮޓޯ / ސަން

އިންޑިއާ އިން ރާއްޖެ އަށް ފިޔައާއި ބިސް ހިފައިގެން ދަތުރު ކުރި ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެމްވީ ވީބީ ޕްރޮގްރެސްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 12:30 އެހާކަންހާ އިރު ކަމަށާއި އޭރު ބޯޓް ދަތުރުކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް، ގެއްލުމެއް ނުލިބޭ ކަމަށާއި ބޯޓުގައި ތިބީ 11 އިންޑިއާ މީހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގެ ފަޅުވެރިން ބޯޓުގެ އިންޖީނު ހެދުމަށް ފަހު، މިހާރު ބޯޓް ރާއްޖެ އަށް ދަތުރު ކުރަމުން އަންނަ ކަމަށާއި އެ ބޯޓަށް މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ފަހު، 15:00 އެހާކަންހާއިރު ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.