ސޭންޑީޒް ބަތަލާއިން ޕޮޒިޓިވްވި ދެ މީހުން ދޫކޮށްލައިފި

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ސޭންޑީޒް ބަތަލާ ރިސޯޓުން އެ ބައްޔަށް ޕޮޒިިވްވި ދެ މީހުން ދޫކޮށްލައިފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސްގެ ފަރާތުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީސޭންޑީޒް ބަތަލާ ރިސޯޓުގައި ތިއްބާ ވައިރަސް އަށް ޕޮޒިޓިވްވި ދެ މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުން ޑިސްޗާޒް ކުރެވުނީ މިއަދު ހަމަ ފްލައިޓުން ފުރައިގެން ދާ ގޮތަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އެ ދެމީހުން އަދި ފުރާފައެއް ނުވެއެވެ. މަބްރޫކް ވިދާޅުވީ މިރޭގެ ވަގުތެއްގައި އެ ދެ މީހުން ރާއްޖެއިން ފުރާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން 1443 ސާމްޕަލް އެއް ނަގާފައިވާއިރު އޭގެތެރެއިން 19 ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 1364 ސާމްޕަލް އަކީ ނަތީޖާ ނެގެޓިވް ވެފައިވާއިރު 51 ސާމްޕަލް އެއްގެ ނަތީޖާ އަދި ނުލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *