ކެޔޮދޫއާ މޫފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ވ. ކެޔޮދޫ --

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބަޔަކު ފެނިގެން ވ. ކެޔޮދު އާއި ކޮންސްޓެންޓް މޫފުށި ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ކެޔޮދޫ އިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އެ ރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އަދި ކޮންސްޓެންސް މޫފުށި ރިސޯޓުން ކޮވިޑްގެ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނުމާ ގުޅިގެން އެ ރިސޯޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ޝައްކުވާ މީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ދެ ރަށްވެސް އޮންނާނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.